Last Updated: May 7, 06:17
Wednesday, May 7, 2025
ޚަބަރު

މީދޫ ޗޭނުން ހުޅުމީދޫ ސިއްޙީ މަރުކަޒަށް ތަކެތި ހަދިޔާކޮށްފި

މީދޫ އެކުވެރިންގެ ޗޭނުން ހުޅުމީދޫ ސިއްޙީ މަރުކަޒަށް ބޭނުން ޖެހިފައިވާ މުހިންމު ބައެއް ތަކެތި މިއަދު ހަދިޔާކޮށްފިއެވެ.

ސިއްހީ މަރުކަޒުގައި މިއަދު ބޭއްވި ކުޑަ ހަފްލާއެއްގައި މިތަކެއްޗާއި ހަވާލުވީ ސިއްޙީ މަރުކަޒު ހިންގުމާއި މިވަގުތު ހަވާލުވެހުންނެވި އަހުމަދު އަޝްރަފެވެ.

މީދޫ އެކުވެރިންގެ ޗޭނުގެ އޮފިޝަލަކު ވިދާޅުވީ ސިއްޙީ މަރުކަޒަށް ހަދިޔާކޮށްފައިވަނީ އެތަނުގައި މިވަގުތު ނެތް، އެކަމަކު ކޮންމެހެންވެސް ބޭނުން ސާމާނުތަކެއްކަމަށެވެ. އަދި މިތަކެތި ނެތި، ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް އެތަނުގެ ބައެއް މުވައްޒަފުން މައުލޫމާތު ލިބިފައިވާކަމަށާއި، މިތަކެއްޗަށް އެދުމުން ވެސް ނުލިބިފައިވާތީ ސިއްޙީ މަރުކަޒުން އާންމުންނަށް ދެވޭ ޚިދުމަތަށް ބުރޫ އަަރާކަމަށެވެ. މިގޮތުން ހަދިޔާކޮށްފައިވާ ތަކެތީގެ ތެރޭގައި ތަރމޯމީޓަރ، ބީޕީ މޮނިޓަރ، ސްޓެޗުއަރ މީޓަރ ފަދަ ތަކެތި ހިމެނެއެވެ.

މީދޫ އެކުވެރިންގެ ޗޭނަކީ ހުޅުމީދޫގެ ގިނަ އިޖުތިމާއީ ކަންކަމުގައި ބައިވެރިވެ، ހަރަކާތްތައް ރާވައި ހިންގާ ހަރަކާތްތެރި ޖަމްޢިއްޔާއެކެވެ.