Last Updated: June 10, 11:16
Wednesday, June 10, 2026
ޚަބަރު

"ސްޓާ އޮފް ޕެލަސްޓައިން" ރައީސަށް އަރުވައިފި

ފަލަސްޠީނުން އަރުވާ އެންމެމަތީ ޝަރަފް "ސްޓާ އޮފް ޕެލަސްޓައިން" ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކަށް، ފަލަސްޠީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާސް އަރުވައިފި އެވެ.

މި ޢިއްޒަތް ރައީސަށް އެރުވީ، ރައީސް ފަލަސްޠީނުގެ ރައީސާ އިއްޔެ ބައްދަލު ކުރެއްވި ބައްދަލު ކުރެއްވުމުގަ އެވެ.

"ސްޓާ އޮފް ޕެލަސްޓައިން" ނުވަތަ "ފަލަސްޠީނުގެ ތަރި" މި ޝަރަފް ރައީސުލްޖުމްހޫރިއްޔާ އަށް މި އެރުވީ، ދިވެހި ރާއްޖެއާއި ފަލަސްޠީނާ ދެ ޤައުމުގެ ދެމެދުގައިވާ އިސްލާމީ އުޚުއްވަތްތެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށާއި، ފަލަސްޠީނުގެ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.