Last Updated: June 10, 11:16
Wednesday, June 10, 2026
މުނިފޫހިފިލުވުން

"ބޮމްބޭ ވެލްވެޓް" ގައި ކަރަން ޖޯހަރު

ޑައިރެކްޓަރު ކަރަން ޖޯހަރު އެވެ. ޕްރޮޑިއުސަރު ކަރަން ޖޯހަރު އެވެ. ބައެއް ފިލްމުތަކުގައި ކެމިއޯ ދީފައިވާ ކަރަން ޖޯހަރު އެވެ.

އެކަމަކު މި ފަހަރު ހަމަ ބޮޑުކޮށް ސިލްވަ ސްކްރީނުންނެވެ. ކަރަން ޖޯހަރު އެވެ. އޭނާގެ އެކްޓިން އެވެ. "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ"، "ފެޝަން" އަދި "ލަކް ބައި ޗާންސް" ފަދަ ފިލްމްތަކުން ކަރަން ޖޯހަރު މީގެ ކުރިން ބެލުންތެރިންނަށް ފެނިގެސް ގޮސްފައިވާނެ އެވެ. އެކަމަކު ކުޑަކުޑަ ރޯލްތަކަކުންނެވެ.

ނަމަވެސް މި ފަހަރު ފިލްމެއްގެ މުހިއްމު ބޮޑު ރޯލަކުންނެވެ. އަނެެއްކޮޅު "ގްރޭ ޝޭޑްސް" އެކުލެވޭ "ބޮމްބޭ ވެލްވެޓް" ގެ އެންޓަގަނިސްޓްގެ ގޮތުގަ އެވެ. ވަރުގަދަ ވިޔަފާރިވެރިއެއްގެ ގޮތުގަ އެވެ.

މިއީ ކުޅަދާނަ ޑައިރެކްޓަރު އަނުރަފް ކެެޝަޕްގެ "ބޮމްބޭ ވެލްވެޓް" ގައި ކަރަން ފެނިގެން ދާނެ ގޮތުގެ ކުރުކުރު ތަސްވީރެވެ. ރަންބީރު ކަޕޫރާއި އަނުޝްކާ ޝަރްމާ ލީޑް ރޯލް ކުޅޭ މި ފިލްގެ ޝޫޓިން ޖުލައި މަހުގެ ތެރޭގައި ފަށާނެ އެވެ. މި ފިލްމް ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި "ބޮމްބޭ ވެލްވެޓް" ގައި ކަރަން ކުޅޭ ރޯލާއި ރަންބީރު ކުޅޭ ރޯލާ ދެމެދު ބޮޑެތި އަދި ޝައިގުވެރިވަނިވި ކުރިމަތިލުންތަކެއް ހިނގާނެ އެވެ.

އަނޫރާގްގެ ފޭންޓަމް ފިލްމްސް އިން ޕްރޮޑިއުސްކޮށް ފޮކްސް ސްޓާ ސްޓޫޑިއޯސް އިން ކޯ-ޕްރޮޑިއުސް ކުރާ "ބޮމްބޭ ވެލްވެޓް" އާ ބެހޭ ގޮތުން ކަރަން ބުނީ އެ ފިލްމާ މެދު އުފަލުން އަދި ހިތްހަމަޖެހިފައި ހުރި ކަމަށެވެ.

އަދި އެ ފިލްމުގެ މުހިއްމު ރޯލެއް ކުޅެން އެއްބަސްވި މައިގަނޑު ސަބަބަކީ ފިލްމްގެ ވާހަކަ ކަމުދިއުން ކަމަށް "ކުޗް ކުޗް ހޯތާ ހޭ" އާއި "ސްޓޫޑަންޓް އޮފް ދި ޔެއާ" ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ކަރަން ބުންޏެވެ.