Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ރިޔާޒް ގޮތްހުސްވެގެން ސިހުރު ހަދަނީ: މުސްތަފާ

ތިމަރަފުށީ ދާއިރާއަށް މިފަހަރު ކުރިމަތިލައްވާފައިވާ މުހައްމަދު މުސްތަފާ އަދި ޢަބްދުﷲ ރިޔާޒްގެ މެދުގައި އުފެދިފައިވާ ވާދަވެރިކަމުގެ ކޯޅުންގަނޑުގެ ތެރޭގައި ރިޔާޒް ސިހުރު ހައްދަވަނީ ކަމަށް މުސްތަފާ ތުހުމަތު ކުރައްވައިފިއެވެ.

މުސްތަފާ ތުހުމަތު ކުރައްވާފައިވަނީ ކޮށްފައިވާ ޓްވީޓެއްގައެވެ. ރިޔާޒްއަކީ ބާޣީއެއް ކަމަށް ތަފާތު އެކި ޓްވީޓްތަކުގައި މުސްތަފާވަނީ ސިފަކުރައްވާފައެވެ.

މީގެ ތެރެއިން އެއް ޓްވީޓްގައި މުސްތަފާ ވިދާޅުވީ " އެމްޑީޕީއަށް ނިސްބަތްވާ ހަމަ އެކަކުވެސް ބާޣީއަކަށް ތާއީދު ނުކުރާނެ." މިހެންނެވެ.

އިތުރު ޓްވީޓަކަށް ބަލާލާއިރު ރިޔާޒް ގޮތްހުސްވެގެން ސިހުރު ހަދަނީ ކަމަށް ވިދާޅުވެފައިވެއެވެ.

"ބާޣީ ރިޔާޒް ގޮތް ހުސްވެގެން ސިހުރު ހަދަނީ" މުސްތަފާ ވިދާޅުވިއެވެ.

"އުމަރު ނަސީރު ވެސް ފޭމަސް ވާނެއޭ ކިޔައިގެން ބަޣާވާތް ކުރިއިރު އޭނާ ޖަލަށް ނުލީ، ހަމައެގޮތަށް މި ބާޣީ ވެސް ފޭމަސް ވަންޏާ ހުންނާނީ ފޭމަސްވެފަ ބާޣީއެއް ގޮތުގައި!" މުސްތަފާ ވިދާޅުވިއެވެ.

ކެމްޕޭން ތެރޭގައި ކެނޑިނޭޅި މުސްތަފާގެ ޓްވީޓް ހަމަލާތައް ދަނީ ރިޔާޒްއަށް ފޮނުވަމުންނެވެ. އަދި ބޮޑު ތާއީދަކާއިއެކު އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށް ވެސް މީގެ ކުރިން މުސްތަފާ ވަނީ ވިދާޅުވެފައެވެ.