Last Updated: June 9, 17:29
Tuesday, June 9, 2026
ޚަބަރު

"އަފިރިން ބޭނުންވޭ ކަންތެތި ވޭނެއި މަޖްލިސް ލިބިގެން"

އައްޑޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރެވޭނީ މަޖްލިސްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެން ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެެއެވެ.

އެމްޑީޕީގެ ކެންޑިޑޭޓުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ހަފްލާގައި ނިޒާރު ވިދާޅުވީ އެމްޑީޕީއަށް މަޖްލިސް ލިބުމަކީ މިގައުމަށް އޮތް ހަމައެކަނި ހައްލު ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި ހަފްލާގައި އައްޑޫ ބަހުން ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ އައްޑޫގެ ހަތް ދާއިރާއިން އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން ހޮވާދޭން ޖެހޭ ކަމަށާއި އެ ކެންޑިޑޭޓުން ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނެސްދޭނެކަމަށެވެ.

"… ހޮވައިދެއު، އެމްޑީޕީއަކީ ރައްޔިތުންގެ މަޖިލީހުން އޮތް ހައްލު މިރާއްޖޭގެ މުސްތަގްބަލަށް އޮތް ހައްލު، ޝައްކަށް އޮތްކަމަށް ނުން، ފެނޭ މަންޒަރާއި އަފިރިން ކެޑެ ތަޖުރިބާ ބަލާކަލަކި އެމްޑީޕީއަށް މަޖްލިސް ނިދެރެ ވޭނެ އެއްލެކަސް ނެތް، މަޖްލިސް ދެއު، އެކަލަކި އަފިރިން ބޭނުންވޭ ކަންތެތި އަފިއްނަ ވޭނެއި"

ނިޒާރު ވިދާޅުވީ އައްޑޫން އެމްޑީޕީން ނިކުންނަ ކެންޑިޑޭޓުން ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެކަމީ ޝައްކެއް އޮތް ކަމެއް ނޫންކަމަށެވެ.

ނިޒާރު ވަނީ ނިމިގެން ދިޔަ އެމްޑީޕީ މަޖްލިސް ޕްރައިމަރީގައި ވާދަކޮށް ބަލިވެފައެވެ. ނިޒާރު ފާހަގަ ކުރެވިފައިވަނީ މަޖްލިސް ޗެމްބަރގައި އައްޑޫ ރައްޔިތުންގެ އިހްސާސްތައް އައްޑޫ ބަހުން މިހާތަނަށް އެެންމެ އަސަރާއި އެކު ގެނެސްދިން މެމްބަރުގެ ގޮތުގައެވެ. ފާއިތުވަމުން މިދާ ދައުރުގައި އައްޑޫގެ އަޑު މަޖްލިސް ޗެމްބަރުގައި ހަރު އަޑުން ގެނެސްދެއްވި މެމްބަރެއްގެ ގޮތުގައެވެ.