Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ޔާމީން ޖަލަށް ބަދަލުކޮށްފި

މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޮސްޕިޓަލުން ޖަލަށް އަނެއްކާވެސް ބަދަލުކޮށްފިއެވެ.

ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ޖަލު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން ޔާމީން މިހާރު ވަނީ ތިން ހަފްތާ ޖަލުގައި ހޭދަކުރައްވާފައެވެ.

އެމަނިކުފާނުގެ އައިޖީއެމްއެޗަށް ގެނެވިފައިވަނީ ހިތުގެ މައްސަލައަކާ ގުޅިގެންނެވެ. އަދި ޑޮކްޓަރު ހޮސްޕިޓަލުގައި އެޑްމިޓު ކުރަން އިރުޝާދު ދިނުމުން ޔާމީން އެޑްމިޓް ކުރީ މިދިޔަ ހޯމަ ދުވަހުގައެވެ.

އައިޖީއެމްއެޗުން ވަނީ ޔާމީން ދޫކޮށްލުމަށް ނިންމައި މިއަދު ހެނދުނު ކަރެކްޝަނަލް ސާވިސް އަށް އަންގާފައެވެ.