Last Updated: June 9, 17:29
Tuesday, June 9, 2026
ޚަބަރު

އިބުރޭ ބަނދަރުގެ ޗީފް މެނޭޖަރަކަށް

ހިތަދޫ ޕޯޓްސް ލިމިޓެޑް (އެޗްޕީއެލް)ގެ ޗީފް މެނޭޖަރަކަށް ހިތަދޫ ލޫޒަން އިބްރާހިމް ރަޝީދު (އިބުރޭ) ހަމަޖައްސައިފިއެވެ.

އިބުރޭ ވަނީ މިއަދު ވަޒީފާއަށް ނިކުންނަން ފަށާފައެވެ. އެނގިފައިވާ ގޮތުގައި އިބުރޭ ވަނީ މިއަދު ބަނދަރުގެ އިސް މީހެއްގެ ގޮތުގައި އެތަނުގެ މުވައްޒަފުންނާއި ބައްދަލު ކޮށްފައެވެ.

އިބުރޭ އަކީ އެމްޑީޕީ އައްޑޫ ދާއިރާގެ ނައިބް ރައީސެވެ. މީގެ ކުރިން އިބުރޭ ވަނީ ސ. އަތޮޅު ތައުލީމީ މަރުކަޒު، އަދި ޝަންގްރިއްލާގައި މަސައްކަތްކޮށްފައެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ދަށުން ހިންގަމުން އަންނަ އެޗްޕީއެލް ކުރިން ހިންގެވީ މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު)އެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުން މޯޑުގެ މަގާމު އުވާލުމުން މޯޑުވެ ވަޒީފާ ވަނީ ގެއްލިފައެވެ.