Last Updated: June 10, 11:16
Wednesday, June 10, 2026
ޚަބަރު

ހިތަދޫ ދެ މީހެެއްގެ މައްސަލަ ޕީޖީ އަށް

މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅުނު ސ. ހިތަދޫ ދެ މީހެއްގެ މައްސަލައިގެ ތަހުގީގު ނިންމައި ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލާގައި ދަޢުވާކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ ހިތަދޫ ހިންދޫރުމާގެ، ޙުސައިން ރަޝީދު، 29، އާއި ހިތަދޫ މާބުޅާގެ، ޙުސައިން ޙަސަން، 31، ގެ މައްޗަށެވެ.

ޙުސައިން ރަޝީދުގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ 2012 ނޮވެމްބަރު 24 ވަނަދުވަހުގެ 07:20 އެހާކަށް ހާއިރު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެފައިވާ މައްސަލަ އާ ގުޅިގެންނެވެ.

ޙުސައިން ޙަސަންގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ 2011 ޑިސެމްބަރު 28 ވަނަދުވަހުގެ 00:20 އެހާކަށްހާ އިރު ޙުސައިން ޙަސަން މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅު މައްސަލަ އާ ގުޅިގެންނެވެ.

އޭނާގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ 2013 މެއި 26 ވަނަ ދުވަހު އެވެ. އަދި ޙުސައިން ރަޝީދު އިޤްބާލް އާދަމްގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ 2013 މެއި 27 ވަނަ ދުވަހު އެވެ.