Last Updated: June 9, 17:29
Tuesday, June 9, 2026
ޚަބަރު

އެމްއޭސީއެލްގެ މުވައްޒަފުންނަށްވެސް ހަ މަހުގެ މެޓާނިޓީ ލީވެެއް!

ވިހެއުމާއި ގުޅިގެން އެމްއޭސީއެލްގެ ކޮންމެ އަންހެން މުވައްޒަފަކަށް 6 މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމައިފިއެވެ.

އެމްއެސީއެލް އިން ކުރި ޓްވީޓެއްގައި ބުނީ، އިއްޔެއިން ފެށިގެން ވިހެއުމާ ގުޅިގެން އަންހެން މުވައްޒިފުންނަށް ދޭ ޗުއްޓީ ހަ މަސް ދުވަހަށް އަދި ފިރިހެން މުވައްޒިފުންނަނށް އެއް މަސް ދުވަސް މުސާރައާއެކު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެމްއޭސީއެލްއިން މި ގޮތަށް ނިންމިއިރު އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ސިވިލް ސާވިސްގެ އަންހެން މުވައްޒަފުން ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ނުވަތަ މެޓާނިޓީ ލީވް ހަ މަސް ދުވަހަށް، އަދި ފިރިހެން މުވައްޒަފުންނަށް ޕެޓާނިޓީ ލީވް އެއް މަސް ދުވަހަށް މުސާރަ ލިބޭގޮތަށް ހަމަޖައްސަވާނެކަމަށް ވިދާޅުވެފައެވެ.

މިއީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

އެމްއޭސީއެލްއިން މެޓާނިޓީ ލީވް ހަ މަހަށް އިތުރުކުރި އިރު އިއްޔެއިން ފެށިގެން އެސްޓިއޯއިންވެސް ވަނީ މެޓާނިޓީ ލީވް ހަމަހަށް އިތުރު ކުރިކަން އިއްލާންކޮށްފައެވެ.