Last Updated: June 10, 11:16
Wednesday, June 10, 2026
މުނިފޫހިފިލުވުން

"ހަމްޝަކަލް" ގައި ސައިފް، އީޝާ، ރިތޭޝް

ސާޖިދު ހާންގެ އާ ފިލްމް އާ ފިލްމް "ހަމްޝަކަލް" ގެ ލީޑް ރޯލަށް ސައިފް އަލީ ހާނާއި އީޝާ ގުޕްތާ އަދި ރިތޭޝް ދޭޝްމުކް ސޮއިކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކުރިން މި ފިލްމްގެ ބަތަލާއަކަށް ހަމަޖެއްސީ ސާޖިދުގެ ލޯބިވެރިޔާގެ ގޮތުގައި އަޑު ފެތުރިފައިވާ އަދި ސާޖިދުގެ "ހައުސްފުލް 2" ގައި ވެސް މުހިއްމު ރޯލެއް އަދާ ކުރި ސްރީ ލަންކާ އަށް އުފަން ޖެކޮލިން ފެނާންޑޭޒް އެވެ.

އެހެން ނަމަވެސް ސާޖިދު އާއި ޖެކޮލިންގެ ގުޅުމުގައި ސިއްކަ ޖެހުމުން ސާޖިދު ވަނީ ޖެކޮލިންގެ ބަދަލުގައި "ހަމްޝަކަލް" ގެ ބަތަލާއަކަށް "ޖަންނަތު 2" އަދި "ރާޒް 3" ގެ ބަތަލާ އީޝާ ހަމަޖައްސާފަ އެވެ.

މި ފިލްމްގެ ޝޫޓިން ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުން އަންނަ އިރު، މިއީ ސާޖިދުގެ ފިލްމެއްގައި ސަައިފް މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.
އެެހެން ނަމަވެސް ސާޖިދު އެންމެ ފަހުން ޑައިރެކްޓް ކުރި "ހިންމަތުވާލާ" ފިޔަވައި އޭނާ ޑައިރެކްޓް ކުރި އަނެއް ތިން ފިލްމްގައި ރިތޭޝް ވަނީ މުހިއްމު ރޯލްތަކެއް އަދާކޮށްފަ އެވެ.

އެއީ "ހެއި ބޭބީ"، "ހައުސްފުލް" އަދި "ހައުސްފުލް 2" އެވެ.