Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ގާސިމް ރުޅިއައިސް، ދެރަވިޔަސް އެމްޑީޕީގެ ރައީސަކީ ނަޝީދު: މުސްތަފާ

ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހީމް ކިތަންމެ ރުޅިއައިސް، ދެރަވިޔަސް ހަމަ އެމްޑީޕީގެ ރައީސަކީ ރައީސް ނަޝީދުކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިހެން ވިދާޅުވީ ނަޝީދަކީ ގާސިމް ގަބޫލުކުރާ އެމްޑީޕީގެ ރައީސެއް ނޫންކަމަށް ގާސިމް ވިދާޅުވެފައިވާ ކަމަށް ވަގުތު ނޫހުގައި ލިޔެފައިވާ ޚަބަރަކަށް އިޝާރާތްކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

"ގާސިމް އިބްރާހީމް ކިތަންމެ ރުޅިއައިސް، ދެރަވިޔަސް ހަމަ އެމްޑީޕީގެ ރައީސަކީ ރައީސް ނަޝީދު. އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ އެމްޑީޕީގެ ފައުންޑިންގ މެމްބަރ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް. އެމްޑީޕީ އަދި ރައީސް ސޯލިހްގެ މިވެރިކަން ދެމިއޮންނާނެ! ބާޣީންގެ ޝަރީޢަތް އަދި މި ގައުމުގައި ހިންގާނަން!" މުސްތަފާ ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުއަކީ އެމަނިކުފާނު ގަބޫލުކުރާ އެމްޑީޕީގެ ރައީސް ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ. ގާސިމް މިހެން ވިދާޅުވެފައިވަނީ ޕާޓީގެ ކެންޑިޑޭޓުން އަލްހާން ފަހުމީގެ ކެމްޕޭން ލޯންޗް ކުރުމަށް ބޭއްްވި ޖަލްސާގެ ތެރެއިންނެވެ.

ގާސިމް ވިދާޅުވީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއަކީ އެމަނިކުފާނު ގަބޫލުކުރާ ރައީސްއެއް ނޫން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ރައީސްއަކީ އިބްރާހިމް މުހައްމަދު ސޯލިހު. އެ ޕާޓީގެ އަސާސީ ގަވާއިދުގާ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް އައިމާ އެންމެ މަތީ ބާރުވެރިން ލިބެނީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކަށް". ގާސިމް ވިދާޅުވިއެވެ.