މާލޭގެ ގެސްޓު ހައުސްއެއްގެ ތެރޭގައި ޒުވާނަކު މަރުވެފައި އޮތްވާ ފެނިއްޖެއެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައި އޮތްވާ ފެނިފައިވަނީ އަހުމަދު ޝަނޫން (34އ)، ސީސައިޑް، ސ. މަރަދޫއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގަލޮޅު ގެސްޓު ހައުސްއެއްގެ ކޮޓަރިއަކަށް ވަން މީހަކު ނުނިކުމެގެން ރޭ 1.57 ހާއިރު ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ފުލުހުން ކޮޓަރިއަށްވަދެ ބެލި އިރު ކޮޓަރީގެ ތެރޭގައި އޮތް މީހަކު އައޖީއެމްއެޗްއަށް ގެންގޮސްފައިވާކަމަށެވެ. ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިތޔަ 34 އަހަރުގެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ގެއްލުމެއް ފެންނާކަމަށް ނެތް ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހްގީގު ކުރަމުންނެވެ.