Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ކިތަންމެ ސަޕޯޓުކުރިޔަސް ދީނާ ދުރު ބަޔަކާ ގުޅުން ނުބޭއްވޭނެ: އިލްޔާސް

ކިތަންމެ ސަޕޯޓު ކުރިޔަސް ދީނާ ދުރު ސަގާފަތެއް ގެންގުޅޭ ބަޔަކާ ގުޅުން ނުބޭއްވޭނެ ކަމަށް ޝެއިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

ޝެއިޚް އިލްޔާސް މިހެން ވިދާޅުވެފައިވަނީ މިއަދު އޭނާ ކުރެއްވި ޓުވީޓެއްގައެވެ. އިލްޔާސް ވިދާޅުވީ، އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ނުހިތާ ބަޔަކާ ގުޅުމެއް ނުބޭއްވޭނެ ކަމަށެވެ.

"ކިތަންމެ ސަޕޯޓު ކުރިިޔަސް އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ނުހިތާ، ދީނުގެ އުސޫލުތަކަށް ފާޑުކިޔާ ދީނާ ބީރަށްޓެހި ސަގާފަތެއް ފަތުރާ ބަޔަކާ އެކު ހިތާ ހިތުގެ ގުޅުމެއް ނުބެހެއްޓޭނެ، އެއީ މުސްލިމުންނަށް ހުއްދަ ވެގެންވާ ކަމެއް ނޫން،"

އިލްޔާސް މިހެން ވިދާޅުވެފައިވާއިރު ދީނާ ދުރު ބަޔެއް ކަމަށް ސިފަ ކުރެއްވީ ކޮން ބަޔެއް ކަމެއް ވިދާޅެއް ނުވެއެވެ.