Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

އެސްބީއައި ކައިރިން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގެންފި

އެސްބީއައި މާލެ: ފޮޓޯ - ސަން

އެސްބީއައި ކައިރިން މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ތަކެއް ފޭރިގެންފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިސާ ފޭރިގެންފައިވަނީ ހެލްމެޓު އަޅައިގެން ދެ ސައިކަލުން އައި ހަތަރު މީހެކެވެ. އެމީހުން ފޭރިގެންފައިވަނީ ކުންފުންޏަކުން ބޭންކަށް ޖަމާކުރަން ދިޔަ ފައިސާތަކެކެވެ.

މި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ އިރު ހާދިސާގެ އިތުރު ތަފްސީލެއް ނުލިބެއެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގައި ފައިސާ ފޭރިގަންނަ މައްސަލަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.