Last Updated: April 25, 17:42
Thursday, April 25, 2024
ޚަބަރު

ޕްރިޔަންކާ އަދި ފަރުހާންގެ ފިލްމް"ދަ ސްކައި އިޒް ޕިންކް"ގެ ޝޫޓިންގ ނިންމާލައިފި

ޕްރިޔަންކާ ޗޯޕުޅާ އަދި ފަރުހާން އަޚްތަރުގެ ފިލްމް "ދަ ސްކައި އިޒް ޕިންކް"ގެ ޝޫޓިންގ ނިންމާލައިފިއެވެ.

މި ފިލްމަކީ މަޝްހޫރު ވާހަކަދެއްކުންތެރިއެއް ކަމަށްވާ އައިޝާ ޗޯދުރީގެ ބަޔޮގްރަފީގެ މައްޗަށް އުފައްދާ ފިލްމެކެވެ. ހަފްތާއެއްހާ ދުވަހުގެ ޝޫޓިންގ އަންދަމަން އައިލެންޑްސްގައި ކުރުމަށްފަހު ފިލްމުގެ ޝޫޓިންގ ނިންމާލައިފި ކަމަށް އަދިތުޔާ ރޯއީ ކަޕޫރު ވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ.

މި ފިލްމަކީ ޒޯޔާ އަޚްތަރުގެ ފިލްމު"ދިލް ދަޅަކްނޭދޯ" އަށް ފަހު ޕްރިޔަންކާ އަދި ފަރުހާން އެކުގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ. މި ފިލްމުގައި ޝޮނާލީ ބޯސް، ޒާއިރާ ވާސިމް އަދި ރޯހިތު ޝަރަފް ލީޑް ރޯލުން ފެނިގެންދާނެއެވެ.

ޕްރިޔަންކާގެ ކައިވެންޏަށްފަހު މިވަނީ އަނެއްކާވެސް އޭނާގެ މަސައްކަތަށް އެނބުރި ނިކުމެފައެވެ.