Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

މާލޭގެ އިމާރާތަކުން ވެއްޓި 97 އަހަރުގެ މީހަކު މަރުވެއްޖެ

އައިޖީއެމްއެޗް ހޮސްޕިޓަލް، ފޮޓޯ: އަވަސް

މާލޭގެ އިމާރާތަކުން ވެއްޓި 97 އަހަރުގެ މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ރޭ ފަތިހު 4 ޖަހާކަށް ހާއިރު ހިނގި މިހާދިސާގައި އެމީހާ ވެއްޓިފައިވަނީ އިމާރާތުގެ ހަ ވަނަ ބުރިންކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން ބުނެއެވެ.

މިހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަ ނުކުރެއެވެ.