Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މަޖިލިސް 19 ގައި އަދާލަތު ޕާޓީގެ ހިއްސާ އޮތުން މުހިއްމު: އިމްރާން

ރައްޔިތުން އެދޭ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް، މަޖިލިސް 19 ގައި އަދާލަތު ޕާޓީގެ ހިއްސާ އޮތުން ވަރަށް މުހިއްމު ކަމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝެއިޚް އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ހަރުދަނާ އުސޫލެއްގެ ދަށުން ޕެންޝަން ފައިސާއިން ފަރުޟު ޙައްޖު ވެވޭނެ މަގުފަހިކުރުމަކީ އަދާލަތު ޕާޓީއިން ހުށަހެޅި މެނިފެސްޓޯގެ ސަތިރީން ސިޔާސަތުގައި ހިމެނޭ ވައުދެއް ކަމަށެވެ.

"ހަރުދަނާ އުސޫލެއްގެ ދަށުން ޕެންޝަން ފައިސާއިން ފަރުޟު ޙައްޖު ވެވޭނެ މަގުފަހިކުރުމަކީ އަދާލަތު ޕާޓީއިން ހުށަހެޅި މެނިފެސްޓޯގެ #ސަތިރީން ސިޔާސަތުގައި ހިމެނޭ ވައުދެއް. ރައްޔިތުން އެދޭ މިފަދަ އިތުރު ހުވަފެންތައް ހަގީގަތަކަށް ހެދުމަށް # މަޖިލިސް 19ގައި އަދާލަތު ޕާޓީގެ އެކަށީގެންވާ ހިއްސާއޮތުން ވަރަށް މުހިއްމު." ޝެއިޚް އިމްރާން ވިދާޅުވިއެވެ.