Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އިމާރާތުން ވެއްޓި ނިޔާވީ ޑރ. ޑީޑީގެ ބައްޕަ

ރޭ މާލޭގެ އިމާރާތެއްގެ ހަވަނަ ބުރިން ވެއްޓި ނިޔާވެފައިވަނީ އައްޑު އަތޮޅު ހުޅޫދޫ ބަހާރީވިލާ، އަބްދުﷲ ނަހީފް އެވެ.

އޭނާއަކީ ކުރީގެ ފިޝަރީޒް މިނިސްޓަރ އަދި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމްދީދީގެ ބައްޕާފުޅެވެ. ނަހީފް ނިޔާވީ ރޭ ފަތިހު އޭނާއާއި އާއިލާ ދިރިއުޅެމުންދިޔަ ގޭގެ ހަވަނަ ބުރިން ވެއްޓިގެންނެވެ.

ނަހީފް ނިޔާވިއިރު އުމުރަކީ 96 އަހަރެވެ. އައިޖީއެމްއެޗުން ބުނެފައިވަނީ ހޮސްޕިޓަލަށް ގެނެވުނުއިރުވެސް ނަހީފް ވަނީ ނިޔާވެފައި ކަމަށެވެ.

އިމާރާތް މަތިން އޭނާ ވެއްޓުނު ސަބަބެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.