Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ޑެޕިއުޓީ ޕީޖީ ނިހާޔަތު އިސްތިއުފާ ދެއްވައިފި

މަރިޔަމް ނިހާޔަތު

ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މަރިޔަމް ނިހާޔަތު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިހާޔަތު އިސްތިއުފާ ދެއްވާފައިވަނީ އިއްޔެއެވެ.

ނިހާޔަތުއަކީ ކުރީގެ ސިވިލް ކޯޓުގެ ގާޒީއެކެވެ. ޑެޕިއުޓީ ޕީޖީއަކަށް ނިހާޔަތު އައްޔަން ކުރީ 2016 ވަނަ އަހަރު ޕޮރޮސެކިއުޓާ ޖެނެރަލްގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިޞްލާޙް ފާސްވެ ދެ ޑެޕިއުޓީ ޕީޖީން އައްޔަން ކުރުމަށް ފާސް ކުރުމާއި ގުޅިގެންނެވެ.

2015 ވަނަ އަހަރު ތެރޭގައި ނިހާޔަތުގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން އިން ބަލައި އެމައްސަލައާއި ގުޅިގެން 2015 ވަނަ އަހަރު އޮގަސްޓް މަހުން ފެށިގެން އޭނާ ސަސްޕެންޑްވެސް ކުރިއެވެ، އަދި ފަހުން ސިވިލް ކޯޓުގެ ގާޒީކަމުން އިސްތިއުފާ ދެއްވީ އެއަހަރުގެ ޑިސެމްބަރ 31 ވަނަ ދުވަހުއެވެ.