ޚަބަރު

ހަންނާ އީގަލްސްގައި މަޑުކުރަނީ

ކުލަބު އީގަލްސްއަށް ކުޅެމުން އަންނަ ހިތަދޫގެ ޒުވާން ފޯވާޑް، ހަސަން ރާއިފް އަހުމަދު(ހަންނާ) އީގަލްސްގައި މަޑުކުރުމަށް ކޮންޓްރެކްޓު އާކޮށްފިއެވެ.

ނިމިގެން ދިޔަ ޔޫތް ޗެމްޕިއަންޝިޕް އީގަލްސްއަށް ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިންމު ރޯލު ކުޅުނު ހަންނާ ވަނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

އޭނާގެ އިތުރުން އީގަލްސްއަށް މިދިޔަ ސީޒަނުގައި 33 ގޯލު ޖަހާދިން އިތުބާރު ފޯވާޑް ރިޒޭވެސް ވަނީ އީގަލްސްގެ ކޮންޓްރެކްޓު އާކޮށްފައެވެ. އީގަލްސް އިން ބުނެފައިވަނީ އަންނަ ސީޒަނުގައި މިހާރުވެސް ކުޅެމުން އަންނަ ގިނަ ކުޅުންތެރިން އީގަލްސް ޓީމުގައި ފެނިގެން ދާނެ ކަމަށެވެ.

އީގަލްސްއިން ވަނީ މިދިޔަ ސީޒަނުގައި މާލޭ ލީގުގެ ދެވަނައަށް ގޮސްފައެވެ. އަދި ޕްރިމިއާ ލީގުގެ ތިން ވަނަ ޖާގަވެސް ހޯދީ އީގަލްސްއެވެ.