Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

މައުމޫން ރައީސް ސޯލިހާ ބައްދަލުކުރައްވައިފި

ރައީސް މައުމޫނާ އިބޫ ބައްދަލުކުރައްވަނީ: ފޮޓޯ - ޓްވިޓާ

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރައްވައިފިއެވެ.

ސަރުކާރު ކޯލިޝަނުގެ އެއް ލީޑަރ، މައުމޫން، ރައީސް ސޯލިހާ ބައްދަލުކުރައްވާފައިވަނީ ރައީސް އޮފީހުގައެވެ. ރައީސް އޮފީހުން މިބައްދަލުވުމާ ގުޅޭ ތަފްސީލެއް އަދި ދެއްވާފައި ނުވިޔަސް ދެ ރައީސުންގެ ބައްދަލުވުމަކީ ރަސްމީ ބައްދަލުވުމެއް ކަމަށް ލަފާ ކުރެވެއެވެ.

ކޯލިޝަނުގައި ބައިބައިވުން އުފެދިފައިވާ ކަމަށް ގަބޫލުކުރެވޭއިރު މައުމޫން ވަނީ އަދިވެސް ރައީސް ސޯލިހާ އެކު ހުރިކަމަށް ވިދާޅުވެ ސާބިތުކަން ދައްކަވާފައެވެ.