ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓަނެޓް ބޭންކިން ޕްރީމިއަމް ޕެކޭޖްގެ ޚިދުމަތް މިއަދުން ފެށިގެން ހިލޭ ދިނުމަށް ނިންމައިފި އެވެ.
ބީއެމްއެލް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިހާރު އެ ބޭންކުގެ އިންޓަނެޓް ބޭންކިންގެ ޕްރީމިއަމް ޕެކޭޖްގެ އަހަރީ ފީގެ ގޮތުގައި އަހަރަކު 1،800ރ. ދައްކަން ޖެހުނު ނަމަވެސް މިއަދުން ފެށިގެން އެ ފީ ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި އިންޓަނެޓް ބޭންކިން ގެ ޓޯކަންގެ އަގަށް ވެސް ބޭންކުން ބަދަލު ގެނެސްފައިވާ ކަމަށެވެ.
ބީއެމްއެލް އިން ބުނީ 800 ރުފިޔާއަށް ދޫކުރާ ޓޯކަންގެ މިހާރުގެ އަގަކީ 200 ރުފިޔާ ކަމަށެވެ. އަދި ޓޯކަން އަށް އެއް ފަހަރު ދައްކަން ޖެހޭ 200 ރުފިޔާ ދައްކައިގެން މަހު ފީއަކާ ނުލައި މި މަހުން ފެށިގެން ފެށިގެން އިންޓަނެޓް ބޭންކިން ޕްރިމިއަމް ޕެކޭޖް ބީއެމްއެލްގެ ހުރިހާ ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ދިވެހި ބޭންކުން ބުންޏެވެ.
ޕްރީމިއަމް ޕެކޭޖް ޕްރޮމޯޓް ކުރުމުގެ ގޮތުން ބޭންކުން ވަނީ ޚާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފަ އެވެ. ޕްރޮމޯޝަންގެ ދަށުން މާދަމާއިން ފެށިގެން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޓޯކަން ވިއްކާނީ 100ރ. އަށެވެ.
މިހާރު އިންޓަނެޓް ބޭންކިން ސްޓޭންޑަޑް ޕެކޭޖް ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ޕްރިމިއަމް ޕެކޭޖަށް ބަދަލު ކުރަން ބޭނުންވާ ފަރާތްތަކުން އިންޓަނެޓް ބޭކިންގެ ބޭންކް މެއިލް މެދުވެރިކޮށް އީމެއިލް އެއް ފޮނުވުމުން އަޕްގްރޭޑް ކޮށްދެވޭނެ އެވެ.
އަދި އީމެއިލް ކުރާ އިރު، ޕްރީމިއަމް ޕެކޭޖަށް ކަސްޓަމަރު ބޭނުންވާ ޔޫސާ ނަން ބަޔާންކޮށް، ޕާސްވޯޑާއި، ޓޯކަން ހަވާލުކުރަންވީ ގޮތް ބޭންކަށް އަންގަން ވާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.