Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

އައްޑޫ ފްލައިން ސްކޫލްގެ ތައުރީފު ކެޕްޓަން ބާސިތު އަށް

ޓެކްނިކަލް މައްސަލައެއް ދިމާވި މޯލްޑިވިއަންގެ ބޯޓު ދުއްވި ޕައިލެޓް އަބްދުލް ބާސިތު އިބްރާހިމް، ގިނަ ބަޔަކު ވަނީ ކުރޫއިންނަށް ތައުރީފުކޮށްފައި، ފޮޓ: ޒޫމް ޕޮޓޯގްރަފީ

އައްޑޫ ސިޓީ އިންޓަނޭޝަނަލް އެއާޕޯޓަށް ސަލާމަތުން މޯލްޑިވިއަންގެ ފްލައިޓު ޖެއްސި ކެޕްޓަން އަބްދުލް ބާސިތް އިބްރާހިމް އަށް އައްޑޫ ފްލައިން ސްކޫލުން ތައުރީފުކޮށްފިއެވެ.

ކެޕްޓަން ބާސިތު އަކީ އައްޑޫ ފްލައިން ސްކޫލުން ތަމްރީނުތައް ފުރިހަމަކޮށް އޭވިއޭޝަންގެ ދާއިރާ އަށް ނިކުތް ފަރާތެކެވެ. އައްޑޫ ފްލައިން ސްކޫލުން ވަނީ ބާސިތުގެ އިތުރުން ފްލައިޓުގެ ކްރޫންނަށް ވެސް ތައުރީފުކޮށްފައެވެ.

މިއަދު މާލެ/ ކައްދޫ/ ގަން އަށް ދަތުރުކުރި މޯލްޑިވިއަން Q2118 ބޯޓު ގަމަށް ޖައްސަން އުޅުމުގެ ތެރޭގައި ބޯޓުގެ ނޯސް ލޭންޑިން ގިއަރަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ވަނީ ޖެއްސުމަށް ދަތިތަކެއް ކުރިމަތިވެފައެވެ. ނަމަވެސް އިމަޖެންސީ ޕޮރްސީޖަރތައްް ފުރިހަމަ ކުރުމަށް ފަހު ސަލާމަތްތެރި ކަމާއެކު ވަނީ ބޯޓު ގަމަށް ޖައްސާފައެވެ.

ބޯޓުގެ ކެޕްޓަނަކީ ބާސިތު ކަމަށްވާއިރު އެ ބޯޓުގެ ފަސް އޮފިސަރަކީ ރިމާހު ރުޝްދީއެވެ. އަދި ފްލައިޓުގެ ސުޕަވައިޒަރަކީ ހަސްނާ މުހައްމަދެވެ.

ސަލާމަތުން ފްލައިޓު ޖެއްސުނުކަން މޯލްޑިވިއަނުން އިއުލާން ކުރުމާއެކު ސޯޝަލް މީޑިޔާގެ ތަފާތު އެކި ޕްލެޓްފޯމުތަކުގައި އާއްމުންގެ ތައުރީފު ވަނީ ފްލައިޓުގެ ކްރޫންނަށް އޮހެން ފަށާފައެވެ. މިއަދުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.