ޚަބަރު

މިދިޔަ މަހު ދައުލަތަށް 1.27 ބިލިއަން ރުފިޔާގެ އާމްދަނީއެއް

މިރާ، ފޮޓޯ: އަވަސް

ނިމިގެން ދިޔަ ފެބްރުއަރީ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 1.27 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑު ރެވެނިއު (މީރާ)އިން ބުނެފިއެވެ.

މީރާއިން ބުނީ މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބިފައިވަނީ މުދަލާއި ހިދްމަތުން ނަގާ ޖީއެސްޓީން ކަމަށެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 794.3 މިލިއަން ރުފިޔާ ލިބިފައިވާ އިރު ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްގެ ގޮތުގައި ދައުލަތަށް 57.3 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.

މީރާއިން ބުނީ މިދިޔަ މަހު އެއިދާރާއަށް ލިބުނު އާމްދަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީއަށް ވުރެ 0.8 އިން ސައްތަ އިތުރުވެފައިވާ ކަމަށެވެ.

މިއަހަރު މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ