Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ހަބޭސް އިއްބެ އާއި ނިޒާމްބެ ކްލަބު އިމިގްރޭޝަންއަށް

މާޗު 30 ވަނަ ދުވަހު ފަށާ ކްލަބް މޯލްޑިވްސް މުބާރާތުގައި ވާދަކުރާ ކްލަބު އިމިގްރޭޝަން ޓީމަށް ޓީސީގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި ޓީސީގެ ހުނަރުވެރި ފޯވާޑު އިބްރާހިމް މަހުދީ ހުސެއިން (ހަބޭސް އިއްބެ) ސޮއިކޮށްފިއެވެ.

ކްލަބު އިމިގްރޭޝަން އަކީ ކްލަބު މޯލްޑިވްސް މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމެވެ. ހަބޭސް އިއްބެ އަދި ނިޒާމްބެ އެޓީމަށް ގެނެސްފައިވަނީ މިއަހަރު ޓީމު އަލަށް ވަރުގަދަ ކުރުމަށެވެ.

ހަބޭސް އިއްބެއަކީ ފުޓްސަލްގައި މުޅި ރާއްޖެއިން ހޮވާލެވޭ ހުނަރުވެރި މޮޅު ކުޅުންތެރިއެކެވެ. މިނިވަން 50 ޗެމްޕިއަންޝިޕް މުބާރާތުގައި ފޭދޫ ޓީމުގައި ކުޅުނު ހުނަރުވެރި މޮޅު ކުޅުމުގެ ސަބަބުން ފުރަތަމަ ޑިވިޝަނަށް ކުޅުމުގެ ފުރުސަތު އިއްބެއަށް ތަނަވަސްކޮށްދިނީ ކޯޗު ނިޒަމްބެއެވެ.

ނިޒާމްބެގެ އިރުޝާދުގެ ދަށުން އިއްބެ ވަނީ ޓީސީގައި މޮޅަށް ކުޅެ އެޓީމަށް ބޮޑެތި ކާމިޔާބީތައް ހޯދާދީފައެވެ. މިއަދު ގައުމީ ޓީމުން ފުރުސަތު ހޯދަމުން އަންނަ އިއްބެ އަކީ އަހުލާގީގޮތުން ފާހަކަކޮށްލެވޭ ކުޅުންތެރިއެކެވެ.