Last Updated: April 20, 17:01
Saturday, April 20, 2024
ޚަބަރު

ރައީސް ސޯލިހު ކެމްޕެއިން ދަތުރުފުޅަކަށް ވ. ކެޔޮދޫއަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިން ދަތުރުފުޅެއްގައި ވ. ކެޔޮދޫއަށް ފުރާވަޑައިގެންފިއެވެ.

ރައީސް ސޯލިހު އާއި އެކު މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ އަބްދުޑ ޝާހިދު އާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވައެވެ.

މަޖްލިސް އިންތިހާބުގައި ވ. ކެޔޮދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު ކާމިޔާބު ކޮށްފައިވަނީ ހުސެއިން ގާސިމްއެވެ. އެދާއިރާއަށް ހުސެއިން ގާސިމް އާއި އެކު 5 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އެގޮތުން މިހާރުވެސް އެދާއިރާ ތަމްސީލް ކުރައްވާ ޖުމްހުރީ ޕާޓީގެ ކެންޑިޑޭޓު މޫސާ ނިޒާރު ހިމެނިވަޑައިގަންނަވައެވެ.

މަޖްލިސް އިންތިހާބުގެ ކެމްޕެއިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ އިރު ދަތުރުފުޅުގެ ހަރަދާއި އެހެނިހެން ހަރަދުތައް ހަމަޖައްސަނީ އެމްޑީޕީންކަމަށް އެޕާޓީންވަނީ ބުނެފައެވެ. ދާދި ފަހުން އައްޑޫ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ބޭނުންކުރައްވާ ރަސްމީ ލޯންޗުކޮޅުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ އިސް ފަރާތްތައް ދަތުރުކުރެއްވި މައްސަލައަކާއި ގުޅިގެން ރައިސް އޮފީހުން ބުނެފައިވަނީ އެ ގޮތަށް ދަތުރު ހަމަޖައްސާފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ.