Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

އަލްހާން އޭސީސީއަށް ހާޒިރުވާން އަންގައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ ޖުމްހުރީ ޕާޓީގެ ކެންޑިޑޭޓު އަލްހާން ފަހުމީ އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)އަށް ހާޒިރުވާން އަންގައިފިއެވެ.

އަލްހާން އޭސީސީއަށް ހާޒިރުވާން އަންގާފައިވަނީ ގާނޫނާއި ހިލާފަށް މުބާރާތް ބާއްވައި، ބޮޑެތި ފައިސާގެ އިނާމް ދީފައިވާ ކަމަށް ބުނާ މައްސަލައިގެ ތަހްގީގަށްކަށެވެ.

އޭސީސީން އަލްހާންއަށް އަންގާފައިވަނީ މިއަދު މެންދުރު 3 ޖަހާއިރު އޭސީސީގެ އިދާރާއަށް ހާޒިރުވުމަށެވެ.

އޭސީސީން މިއަދު އަލްހާނަށް ފޮނުވި އަމުރާއި އެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޖްތިމާއީ ހަރަކާތް ހިންގުމަކީ ކުށެއް ނޫންކަމަށެވެ.