Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ކުރިއަށް އޮތް ތިން ދުވަހު ފްލައިޓުތައް ޑިލޭ ވެދާނެ: މޯލްޑިވިއަން

މޯލްޑިވިއަންގެ މަތިންދާ ބޯޓެއް، ފޮޓޯ: ޒޫމް ފޮޓޯގްރަޕީ

ކުރިއަށް އޮތް ތިން ދުވަހު އެތެރޭގެ އުދުހުންތަކުގައި ޑިލޭއެއް އުޅެދާނެކަމަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ބުނެފިއެވެ.

މޯލްޑިވިއަން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސްކޫލް ބަންދާއި ގުޅިގެން އެތެރޭގެ އުދުހުން ތަކުގެ ޑިލޭއެއް އައުން އެކަށީގެންވާ ކަމަށެވެ. ޓާމް ޗުއްޓީއަށް ފަހު އަންނަ އާދީއްތަ ދުވަހު ސްކޫލް ހުޅުވޭނެއެވެ.

މޯލްޑިވިއަންއިން މިގޮތަށް ބުނެފައިވާ އިރު ފްލައިޓު ޑިލޭ ވުމަކީ ފަހަކަށް އައިސް މޯލްޑިވިއަންގައި އާއްމުކަމެކެވެ. އެކަމާއި ގުޅިގެން ކަސްޓަމަރުން ގިނަ ޝަކުވާތައް ކުރެއެވެ.