Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ވޯޓުލުމާއިބެހޭ ގޮތުން ސައްހަނޫން މައުލޫމާތު ނުފެތުރުމަށް ގޮވާލަން: އީސީ ޝަރީފް

ވޯޓުލާން ރަޖިސްޓްރީ ނުކުރާނަމަ މި އިންތިޚާބުގައި ވޯޓުލެވޭނީ 2018 ގެ ރިޔާސީ އިންތިޚާބުގައި ވޯޓުލީތަނަށް ކަމަށާއި އަދި ރަޖިސްޓްރީ ކުރިނަމަ ރަޖިސްޓަރ ކުރިތަން ނޫންތަނަކަށް ވޯޓު ނުލެވޭނެ ކަމަށާއި މިނޫން ގޮތަކަށް ސައްހަނޫން މައުލޫމާތު ނުފެތުރުމަށް ގޮވާލާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވަނީ އެ ބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.

"ވޯޓުލާން ރަޖިސްޓްރީ ނުކުރާނަމަ މި އިންތިޚާބުގައި ވޯޓުލެވޭނީ 2018 ގެ ރިޔާސީ އިންތިޚާބުގައި ވޯޓުލީތަނަށް، އަދި ރަޖިސްޓަރ ކުރިނަމަ ރަޖިސްޓަރ ކުރިތަން ނޫން ތަނަކަށް ވޯޓު ނުލެވޭނެ. މި ނޫން ގޮތަކަށް ސައްހަނޫން މައުލޫމާތު ނުފެތުރުމަށް ގޮވާލަން." ޝަރީފް ވިދާޅުވިއެވެ.

މި އިންތިޚާބާއިބެހޭ ގޮތުން ވެސް އެންމެ ސައްޚަ މައުލޫމާތު ރައްޔިތުންނަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ފޯރުކޮށްދެމުންނެވެ. އެހެން ކަމުން އެ މައުލޫމާތު އޮޅޭގޮތަށް އެއްވެސް ކަހަލަ މައުލޫމާތެއް ފެތުރުމަކީ ރައްޔިތުންނަށް އޮޅުންއަރާނެ ކަމަކަށް ވާތީވެ އެފަދަ ކަންތަކުން އެންމެހާ ރައްޔިތުން ދުރުވެގެން ތިބެންޖެހެއެވެ.