Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު މަހާތީރު ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވައިފި

ރައީސް ޑރ. ވަހީދު މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ޑރ. މަހާތީރް އާ ބައްދަލު ކުރައްވަނީ. ފޮޓޯ/ ރައީސް އޮފސް

ރައީސް ޑރ. މުހައްމަދު ވަޙީދު ހަަސަން މަނިކުމެލޭޝިޔާ އަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތިރު މުހައްމަދު އާ ބައްދަލުކުރައްވައި، ރާއްޖެ އަށް ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު އަރުވައިފި އެވެ.
ޑރ. މަހާތިރަކީ، ރާއްޖެ އާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެއް ކަމަށް ރައީސް ފާހަގަ ކުރައްވައި، ފަސޭހަފުޅު ވަގުތަކުން ރާއްޖެ އަށް ދަތުރުފުޅެއް ކުރެއްވުމަށް އެ މަނިކުފާނަށް ދަޢުވަތު އެރުވި އެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހި ރާއްޖެ އާއި މެލޭޝިޔާ އާ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުން ފާހަގަ ކުރެއްވި އެވެ.
އަދި ރާއްޖޭގެ އިޤްތިޞާދަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށާއި، ރާއްޖޭގެ ސިޔާސީ މަސްރަޙް އޮތް ގޮތުގެ މައްޗަށް ވެސް ބައްލަވާލެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ޑރ. މަހާތިރު މުހައްމަދު ދެއްކެވި ވާހަކަފުޅުގައި ވެެސް ދިވެހި ރާއްޖެ އާއި މެލޭޝިޔާ އާ ދެ ޤައުމުގެ ދެމެދުގައި ޤާއިމު ކުރެވިފައިވާ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލެއްވި އެވެ.
އަދި ރައީސް އާ ބައްދަލުކޮށްލެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ޑރ. މަހާތިރު ވިދާޅުވެ، ރައީސަށް ޝުކުރު ދެންނެވި އެވެ.