ޚަބަރު

ނައިބު ރައީސް ވެސް އެމްޑީޕީ ކެމްޕޭނުގައި

ނައިބު ރައީސް ފައިސަލް ނަސީމްވެސް އެމްޑީޕީގެ އެޖެންޑާ 19 ގެ މަޖިލިސް ކެމްޕޭނުގައި ބައިވެރިވެވަޑައިގެންފައެވެ.

ޖުމުހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބަށް ނިކުމެވަޑައިގެންނެވި ފައިސަލް ވަނީ މިއަދު އެމްޑީޕީގެ ޓިކެޓުގައި ގަމު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް މުހައްމަދު ވިސާމް(ސަމްޕަތް) ގެ ކެމްޕޭނު ހަރަކާތެއްގައި ބައިވެރިވެވަޑައިގެންފައެވެ.

އެމްޑީޕީ އިން މަޖިލިސް އިންތިޚާބުގައި 86 ދާއިރާއަކަށް ވާދަކުރުމުގެ ސަބަބުން ޖުމުހޫރީ ޕާޓީއާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

އަދި އެޕާޓީން ވަނީ މަޖިލިސް އިންތިޚާބުގައި ގިނަ ގޮނޑިތައް ހޯދުމަށް އިދިކޮޅު ކެންޑިޑޭޓުންނާ ބައިއަތުވެސް ހިފާފައެވެ.