Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އައިބީގެ ކެމްޕެއިން ޕޯސްޓަރަކަށް ގެއްލުންދީފި

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު އިބްރާހިމް ދީދީ(އައިބީ)ގެ ކެމްޕެއިން ފޯސްޓަރަކަށް ގެއްލުންދީފިއެވެ.

އައިބީ ކެމްޕެއިން އޮފީހުން ބުނީ ފޭދޫ ބޮޑު މަގު ނިމޭ ހިސާބުގައި ޖަހާފައިވާ އައިބީގެ ޕޯސްޓަރުގެ ބައެއް ހަލާކުކޮށްފައިވާ ކަމަށެވެ. އަދި މިއީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް އައިބީ އޮފީހުން ބުނެއެވެ.

އައިބީ އޮފީހުން ބުނީ މިއީ ކޮން ބަޔަކު ކޮން މަގުސަދެއްގައި ކުރި ކަމެއް ކަން ނޭގޭ ކަމަށާއި ހުރިހާ އެންމެންނަށްވެސް ކެމްޕެއިން ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެކަމަށެވެ.

ކެމްޕެއިން ދުވަސްވަރު އެކި ފަރާތްތަކުން އެއް ބަޔަކު އަނެއް ބަޔަކުގެ ކެމްޕެއިން ތަކެއްޗަށް ގެއްލުންދެއެވެ. ނަމަވެސް މިފަދަ ކަންކަން އާއްމު ގޮތެއްގައި ފޭދޫގައި ކުރަމުން ނުދާކަމަށް އައިބީ އޮފީހުން ބުނެއެވެ.

މަޖްލިސް އިންތިހާބުގައި ފޭދޫން ވާދަ ކުރައްވަނީ އައިބީގެ އިތުރުން އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ނިހާދުއެވެ.