Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ހުޅުމާލޭގައި ބިދޭސީއަކު ކުއްލި ގޮތަކަށް މަރުވެއްޖެ

ހުޅުމާލެ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލެ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކަށް ނޭވާލާން އުނދަގޫވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވަނިކޮށް އަނެއްކާވެސް މެޔަށް ތަދެއް އަރައިގެން ހޮސްޕިޓަލަށް ގެންދިޔަ އިރު މަރުވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގި ގޮތް އިތުރަށް ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކުއްލި ގޮތަކަށް މަރުވާ މީހުންގެ އަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.