Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ދެ ހެލިކޮޕްޓަރާއި އެކު އިންޑިއާގެ 50 ސިފައިން އެބަތިބި: އެމްއެންޑީއެފް

އިންޑިއާއިން ރާއްޖެ ގެނެސްފައިވާ ދެ ހެލިކެޕްޓަރާއި އެކު އިންޑިއާގެ 50 ސިފައިން ރާއްޖޭގައި ގާއިމްވެ ތިބި ކަމަށް އެމްއެންޑީއެފްއިން. ބުނެފިއެވެ.

އެމްއެންޑީއެފްގެ ކޯސްޓު ގާޑު އޮޕަރޭޝަނާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އެމްއެންޑީއެފްގެ ޕްރިންސިޕަލް ޑައިރެކްޓާ އޮފް ކޯސްޓްގާޑް ލެފްޓިނެޓް މުހައްމަދު ސަލީމް ވިދާޅުވީ އިންޑިއާގެ ހެލިކެޕްޓަރގެ ކަންކަމުގައި އިންޑިއާ ސިފައިންގެ 50 މީހުން ރާއްޖޭގައި ތިބޭ ކަމަށެވެ. އަދި ބައެއް ފަހަރު އެ އަދަދު އެއަށްވުރެ މަދުވާ ކަމަށެވެ.

ސަލީމް ވިދާޅުވީ ހެލިކެޕްޓަރ އޮޕަރޭޓު ކުރުމުގެ ކަންކަމުގައި އަންނަ އިންޑިއާ ސިފައިން ތިބެނީ ވަކި މުއްދަތަކަށް ކަމަށެވެ. އަދި ޓާމް ހަމަކޮށް އެމީހުން ފުރުމުން އާ ބަޔަކު އަންނަ ކަމަށެވެ.

އިންޑިއާގެ އެއް ހެލިކެޕްޓަރ ބާއްވާފައި އޮންނަނީ ސ. ގަމުގައެވެ. އަދި ދެވަނަ ހެލިކެޕްޓަރ ބާއްވާފައިވަނީ ލ. ކައްދޫގައެވެ. އިންޑިއާ ސިފައިންގެ ޓީމުތައް ތިބެނީ ގަމާއި ކައްދޫގައެވެ.