Last Updated: April 24, 10:23
Wednesday, April 24, 2024
ޚަބަރު

އަދިތުޔާ ފިލްމް"މަލަންގް"ގެ މަސައްކަތް ފަށައިފި

ގިނަ ތަރިން އެކުލެވޭ ފިލްމެއް ކަމަށްވާ "ކަލަންކް"ގެ މަސައްކަތަށްފަހު އަދިތުޔާ ރޯއީ ކަޕޫރު އޭނާގެ އާ ފިލްމް " މަލަންގް"ގެ މަސައްކަތް ފަށައިފިއެވެ.

މި ފިލްމަކީ އަދިތުޔާ 2013 ވަނަ އަހަރު "އާޝިގީ 2"ގައި މޯހިތު ސޫރީއާއެކު މަސައްކަތް ކުރުމަށްފަހު ދެވަނަ ފަހަރަށް އެކުގައި މަސައްކަތްކުރާ ފިލްމެވެ.

ބިރުވެރި ފިލްމެއް ކަމަށްވާ "މަލަންގް"ގައި އަދިތުޔާގެ އިތުރުން އަނިލް ކަޕޫރު، ދިޝާ ޕަޓާނީ އަދި ކުނާލް ކެއްމޫ ފެނިގެންދާނެއެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ ލޯބިވެރިންގެ ދުވަހުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމުގެ އިތުރުން މަހޭޝް ބަޓްގެ ފިލްމެއް ކަމަށް "ސަޑަކް 2" ގައި ވެސް އަދިތުޔާ ދަނީ މަސައްކަތް ކުރަމުންނެވެ. މި ފިލްމުގައި އަދިތުޔާގެ އިތުރުން އެ ފިލްމް ސީކުއެލްގެ ފުރަތަމަ އިންސްޓޯލްމަންޓްގައި ފެނިގެންދިޔަ ސަންޖޭ ދަތުއާއި ޕޫޖާ ބަޓް ފެނިގެންދާނެއެވެ.