Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު

އަހަންނަކީ ކާމިޔާބު މީހެއް ކަމަށް ހީނުކުރޭ: ރާދިކާ

2014 ވަނަ އަހަރު ސްރީރާމް ރާގަވަންގެ ފިލްމް"ބަދްލާޕޫރު" އިން ބޮލީވުޑަށް މަޝްހޫރުވެގެންދިޔަ ބަތަލާ ރާދިކާ އާޕްޓޭ ދަނީ އޭނާ ބޭނުންވާ ކާމިޔާބީ ހާސިލްކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

2005 ވަނަ އަހަރު 32 އަހަރުގެ ރާދިކާ އެންމެ ފުރަތަމަ ފިލްމީ ދާއިރާއަށް ތައާރަފްވެގެން ދިޔައީ ޝާހިދު ކަޕޫރުއާއެކު "ވާހް ލައިފް ހޯތޯ އެއިސީ!" އިންނެވެ. އެއަށްފަހު އޭނާ ބޭނުންވާ ކާމިޔާބީ ހާސިލްކުރުމަށް ފަހަރަކު ފިލްމެއް ރާދިކާ ދިޔައީ ކުޅެމުންނެވެ. އޭގެ ތެރޭގައި "ޕާޗްޑް"، "ފޯބިއާ"، "ޕެޑްމޭން" އަދި "އަންދާދުން" މިއީ ރާދިކާގެ ފާހަގަކުރެވޭ ފިލްމުތަކެވެ.

"އަހަރެން ވަރަށް ބޭނުންވޭ މަތީ ފެންވަރުގެ ފިލްމީ ތަރިންނާއިއެކު ފިލްމު ކުޅެން. އަހަރެން ކާމިޔާބު މާނަ ކުރަނީ އެހެން މީހުންނާއި ޚިލާފަށް. އަހަރެން ގަބޫލު ނުކުރަން އަަހަންނަކީ ކާމިޔާބު މީހެއް ކަމަކަށް. ސަބަބަކީ އަހަރެން ބޭނުންވާ ލަނޑުދަނޑި އަދި އަހަންނަކަށް ހާސިލެއް ނުވޭ." ރާދިކާ ބުންޏެވެ.

ރާދިކާގެ ކުރިޔަށް އޮތް ފިލްމަކީ ނަވާޒުއްދީން ސިއްދީގީއާއެކު ފެނިގެންދާ ފިލްމް" ރާތު އަކޭލީހޭ" އެވެ. އެ ފިލްމް ޑައިރެކްޓް ކޮށްފައިވަނީ ހަނީ ޓްރެހާންއެވެ.