Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

ހާލުގައިޖެހޭ ދުވަހު އެހީތެރިވާނީ ހަގީގީ ތެދުވެރިން: ޝެއިޚް ޒައިދު

އައްޝައިހް އަލީ ޒައިދު

ތިމާ ހާލުގައިޖެހޭ ދުވަހު، ތިމާއަށް އެހީތެރިވާނީ ހަގީގީ ތެދުވެރިން ކަމަށް ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓްގައި ޝެއިޚް ޒައިދުވަނީ މި މުހިއްމު ވާހަކައަށް އަލިއަޅުއްވާލައްވާފައެވެ. ޝެއިޚް ޒައިދު މުޖުތަމައުގައި ހިނގާ އެކިއެކި މުހިއްމު ކަންތަކަށް އަބަދުވެސް ބައްލަވާ ދުނިޔޭގެ ހަގީގަތާއި އިންސާނީ ސުލޫކަށް އަލިއަޅުއްވާލައްވާ ވަރަށް އަގުހުރި ބަސްކޮޅު ވިދާޅުވެލައްވާ ބޭފުޅެކެވެ.

"ތިމާ ހާލުގައިޖެހޭ ދުވަހު، ތިމާއަށް އެހީތެރިވާނީ ހަގީގީ ތެދުވެރިންނެވެ. ތިމާގެ ފުށުން އެބަޔަކަށް ފައިދާތަކެއް ކުރާނަމަ، ވަށައި އެނބުރޭ މާބުރުތަކެއްހެން އުޅޭ ބަޔަކީ އެއީ އަސްލު ދޮގުވެރިންނެވެ އެމީހުންނަށް ރައްކާތެރިވާށެވެ!" ޝެއިޚް ޒައިދު ވިދާޅުވިއެވެ.

ޝެއިޚްގެ ޒައިދު މި ބަސްފުޅަކީ ވަރަށް އިބުރަތްތެރި ބަސްކޮޅެކެވެ.