Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

އިންސާފު ގާއިމުކުރެވޭނީ އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގުކޮށް އަދަބު ދެވިގެން: މުސްތަފާ

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްޠަފާ، ފޮޓޯ: ރާއްޖެއެމްވީ

އިންސާފު ގާއިމު ކުރެވޭނީ އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގުކޮށް އަދި ބަޣާވާތްކުރި ފަރާތްތަކަށް ހައްގު އަދަބު ދެވިގެން ކަމަށް ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"އިންސާފު ގާއިމު ކުރެވޭނީ އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގުކޮށް އަދި ބަޣާވާތްކުރި ފަރާތްތަކަށް ހައްގު އަދަބު ދެވިގެން" މުސްތަފާ ވިދާޅުވިއެެވެ.

އިތުރު ޓްވީޓެއްގައި މުސްތަފާވަނީ 2012ވަނަ އަހަރު މި ގައުމުގައި ބަޣާވާތްކުރި މީހުންގެ ތަހުގީގުކޮށް ޝަރީޢަތް ނުހިންގައިފިނަމަ އެ ބަޣާވާތް ތަކުރާރު ކުރާނެކަން ކަށަވަރު ކަމަށް ވިދާޅުވެފައެވެ.

"މިގައުމުގަ 2012 ގަ ބަޣާވާތްކުރި މީހުންގެ ތަހުގީގުކޮށް ޝަރީޢަތް ނުހިންގައިފިނަމަ އެ ބާޣާވާތް ތަކުރާރު ކުރާނެކަން ކަށަވަރު! އަންނަން އޮތް ޖީލު ސަލާމަތް ކުރުމަށްޓަކާ މިއީ ކުރުން މުހިއްމު ކަމެއް" މުސްތަފާ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ މައްސަލައަކީ ރާއްޖޭގައި މިހާތަނަށް ފާހަގަކުރެވުނު އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލައެެވެ. އެ މައްސަލަ ތަހުގީގުކޮށް ކުށްވެރިވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް އެކި ފަރާތްތަކުން ތަކުރާރުކޮށް ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.