Last Updated: March 28, 21:55
Thursday, March 28, 2024
ކުޅިވަރު

ވޫލްވްސް އަތުން ބަލިވެ ޔުނައިޓެޑު ކަޓައިފި

އިނގިރޭސި އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާއި ވޫލްވަހަމްޕްޓަން ވޮންޑާސް ބައްދަލުކުރި މެޗު 1-2 އިން ވޫލްވްސް ކާމިޔާބުކޮށް ސެމީގެ ޖާގައެއް ހޯދައިފިއެވެ.

ޔުނައިޓެޑު ޓީމަށް ރޭގައި ރަނގަޅު ކުޅުމެއް ދެއްކިފައިނުވާއިރު ވޫލްވްސް އިން ވަނީ ފޯރިގަދަ ކުޅުމެއް ދައްކައި ޔުނައިޓެޑު ހައިރާންކޮށްލާފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވާއިރު ވޫލްވްސްގެ ދެގޯލުވެސް ޖަހާފައިވަނީ މެޗުގެ ފަހު ވިހި މިނެޓު ތެރޭގައެވެ.

ރައުލް ހިމެނެޒް 70 ވަނަ މިނެޓުގައި ވޫލްވްސްއަށް ލީޑު ނަގާދީފައިވާއިރު އޭގެ ފަސް މިނެޓު ފަހުން ޑިއެގޯ ޖޮޓާ ވަނީ ލީޑު ފުޅާކޮށްދީފައެވެ.

ޔުނައިޓެޑުގެ ހަމައެކަނި ލަނޑު މެޗު ނިމެން ސިކުންތުކޮޅަކަށް ކައިރިވެފައިވަނިކޮށް ކާމިޔާބުކުރީ ރަޝްފޯޑްއެވެ.

މިއީ ޔުނައިޓެޑު ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. ޕީއެސްޖީ އަތުން ޗެމްޕިއަންސް ލީގުގައި މޮޅުވުމަށް ފަހު ލީގުގައި އާސެނަލް އަތުން ވެސް ވަނީ ޖެހިގެން އައި މެޗުން ބަލިވެފައެވެ.