Last Updated: July 24, 18:15
Friday, July 24, 2026
ޚަބަރު

ވިޔަފާރިތަކަށް އާ ބޭންކެއް ސަރުކާރުން އުފައްދަނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަ ބޭންކެއް ސަރުކާރުން އުފައްދައި ޚިދުމަތް ދޭން ތައްޔާރުވެއްޖެއެވެ.

ނޭޝަނަލް އާޓު ގެލެރީގައި މާދަމާ ބާއްވާ ޚާއްސަ ރަސްމިއްޔާތަކާއެކު މި ބޭންކުގެ ޚިދުމަތް ފައްޓަވާ ދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އުފައްދާފައިވާ މިބޭންކަކީ ކައުންސިލްތަކުގެ ފަސް ޕަސެންޓު ހިއްސާ އޮންނަ ބޭންކެކެވެ.

މިބޭންކު މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.