Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އިންޑިޔާގެ ފޮރިން މިނިސްޓަރ ސުޝްމާ ރާއްޖޭގައި

އިންޑިޔާ ޚާރިޖީ ވަޒީރު ސުޝްމާ ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިޕީ ލޯންޖުގައި: ފޮޓޯ - ފޮރިން މިނިސްޓްރީ

އިންޑިޔާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް ރާއްޖެ ވަޑައިގެންފިއެވެ.

ސުޝްމާ ރާއްޖެ ވަޑައިގެންނެވުމުން އެކަމަނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ.

މިނިސްޓަރ އަބްދުﷲ ޝާހިދުގެ ރަސްމީ ދައުވަތުފުޅަކަށް ސުޝްމާ ރާއްޖެ ވަޑައިގެންފައިވާއިރު ރާއްޖެއާ އިންޑިޔާއާ ދެމެދު އިތުރު އެއްބަސްވުންތަކެއް ސޮއިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރާނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑީޔާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފައެވެ. އިންޑިޔާ ރައީސްގެ ޚާއްސަ ދައުވަތުފުޅަކަށް ރައީސް ސޯލިހުވެސް ވަނީ އެގައުމަށް ދަތުރުފުޅެއް ކުރައްވާފައެވެ.