Last Updated: July 2, 10:37
Wednesday, July 2, 2025
ޚަބަރު

މަހިބަދޫ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް ނަން ނަގައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އދ. މަހިބަދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަލީ އަހުމަދުގެ ނަން އޭނާ ނަގައިފިއެވެ.

އަލީ އަހުމަދުގެ ނަން އަނބުރާ ނަގާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އަލީ އަހުމަދުގެ ނަން ނެގުމުން މިހާރު މަހިބަދޫ ދާއިރާއަށް ވާދަކުރައްވަނީ ހަތަރު ކެންޑިޑޭޓުންނެވެ.

އެއީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް އަދި މިހާރު ވެސް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އާއި އަދާލަތު ޕާޓީގެ ކެންޑިޑޭޓް އަލީ އާޒިމާއި އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު ސުނިލްއާއި އަހުމަދު ހުސައިން އެވެ.

މަހިބަދޫ ދާއިރާއަކީ މީގެ ކުރިން އަދާލަތު ޕާޓީއަށް ދޫކޮށްލުމަށް އެމްޑީޕީން މަޝްވަރާ ކުރި ދާއިރާއެއްކަން ފާހަގަކޮށްލެވެއެވެ.