Last Updated: March 29, 10:36
Friday, March 29, 2024
ޚަބަރު

ގޯއާގެ ޗީފް މިނިސްޓަރު މަނޯހަރު މަރުވެއްޖެ

އިންޑިއާގެ، ގޯއާގެ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ ޗީފް މިނިސްޓަރު މަނޯހަރު ޕަރިކަރު މަރުވެއްޖެއެވެ.

މަނޯހަރު 63 އަހަރުގައި މަރުވެފައިވަނީ ދިގުމުއްދަތަކަށް ކެންސަރުގެ ބައްޔަށް ފަރުވާ ކުރަމުންދަނިކޮށް އާދީއްތަދުުވަހުގެ ވަގުތެއްގައެވެ. ރިޕޯޓްތައް ބުނާގޮތުގައި މަނޯހަރު ދިޔައީ 2018 ވަނަ އަހަރުން ފެށިގެން މި ބައްޔާއި ހަނގުރާމަކުރަމުންނެވެ. ހަސްފަތާލުގައި އެޑްމިޓްކުރެވި އަދި ދޫކޮށް އެޙާލަތުގައެވެ.

މަނޯހަރު މަރުވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބް ބައްޗަން ، އަކްޝޭ ކުމާރު ، ކަމަލް ހަސަން، އަދި އަނޫޕަމް ޚޭރުފަދަ ފަރާތްތައް ހިމެނެއެވެ.

މި ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި އާއިލާއަށް ތައުޒިޔާކިޔާ އެ ހިތާމައިގާ ބައިވެރިވެފައެވެ.