Last Updated: July 26, 13:29
Sunday, July 26, 2026
ޚަބަރު

ކުނި ބަރުކޮށްގެން ދިޔަ ދޯންޏެއް ދެ މީހުންނާއި އެކު ފަރަކަށް އަރައިފި

ކުނި ބަރުކޮށްގެން ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއް ފަރަކަށް އެރުމާއި ގުޅިގެން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ ކ. އޮޅުވެލީ ރިސޯޓުން ކުނި ބަރުކޮށްގެން ތިލަފުއްޓަށް ދަތުރުކުރަމުން ދިޔަ "ރޯދި" ނަމަކަށް ކިޔާ ދޯންޏެއް ފަރަށް އެެރި ކަމުގެ މައުލޫމާތު ހެނދުނު 7:07 ހާއިރު ލިބުމާއި ގުޅިގެން ދޯންޏަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

މި ހާދިސާ ހިނގި އިރު ދޯނީގައި ދެމީހުން ތިބަކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ދޯނި ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓު ގާޑުގެ ޑައިވަރުންގެ ޓީމަކުން ކުރަމުން އަންނަ ކަމަށެވެ.