Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

އެސްއެމްއީ ބޭންކު ހުޅުވައިފި

ރައީސް އެސްއެމްީ ބޭންކު ހުޅުއްވައި ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަނީ: ފޮޓޯ - އަވަސް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސޭހައިން ލޯނުތައް ލިބޭ ގޮތަށް ދައުލަތުން އުފެއްދި އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް މިއަދު ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހުޅުއްވައިދެއްވައިފިއެވެ.

ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަސް ވައުދުތަކުގެ ތެރޭގައި ހިމެނޭ މިބޭންކުން މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ފައިސާގެ އެހީ ލޯނުގެ ޒަރިއްޔާއިން ލިބިގެންދާނެއެވެ.

ބޭންކު ހުޅުވައި ހަތަރު ޕްރޮޑަކްޓެއް އާންމުންނަށް ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އެ ޚިދުމަތްތަކުގެ މައުލޫމާތު މިއަދު އާންމު ކުރުމަށް ވަނީ ނިންމާފައެވެ.

ބޭންކު ފަށާއިރު 150 މިލިއަން ރުފިޔާގެ ރައުސްމާލަކާއެކު އާންމުންނަށް ހުޅުވާލާފައިވާއިރު ލޯނު ނެގުމަށް ވިޔަފާރިވެރިން ޖެހޭނީ ޕްރޮޕޯސަލް ހުށައަޅާށެވެ.

އެސްއެމްއީ ބޭންކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވަނީ އަހުމަދު ޒީނާދުއެވެ. މިބޭންކަކީ ދައުލަތުގެ 100 ޕަސެންޓު ހިއްސާ އޮންނަ ބޭންކެކެވެ.