Last Updated: May 8, 20:00
Wednesday, May 8, 2024
ވިޔަފާރި

އެސްއެމްއީ ބޭންކު: 6 ޕަސެންޓު އިންޓްރަސްޓާއި އެކު ފަސް މިލިއަނާއި ހަމައަށް!

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މިއަދު އިފްތިތާހު ކުރެވުނު އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ)ން ހަޕެސެންޓު އިންޓްރަސްޓުގައި ފަސް މިލިއަން ރުފިޔާއާއި ހަމައަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އެސްޑީއެފްސީއިން ބުނެފިއެވެ.

އެސްޑީއެފްއިން ބުނީ ކުދި ވިޔަފާރިތަކަށް 75،000ރ. އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ދޫކުރެވޭނެ ކަމަށެވެ. އަދި ލޯނު އަދާކުރުމަށް 6 އަހަރާއި ހަތް އަހަރުގެ މުއްދަތެއް ލިބިގެންދާނެކަމަށެވެ.

އެސްއެމްއީ ލޯނުގައި ގްރޭސް ޕީރިއަޑުގެ ގޮތުގައި 12 މަހާއި 18 މަހުގެ މުއްދަތެއް ދޭއިރު ޖުމްލަ ހަތަރު ޕްރޮޑަކްޓެެއް ވަނީ ތައްޔާރުކޮށްފައެވެ.

އެސްޑީއެފްސީއިން ބުނީ އެސްއެމްއީ ލޯނުގެ ގޮތުގައި ހާއްސަ ހަތަރު ޕްރޮޑަކްޓެއް ތައާރަފްކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ލޯނުތައް ދޫކުރަނީ އެސްއެމްއީ ގާނޫނުގެ މިންގަނޑަށް ފެތޭ ކުންފުނިތަކަށް ކަމަށެވެ.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނަކީ މާލޭގެ އިތުރުން އައްޑު އާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަސް ޕަސެންޓް ހިއްސާ ހިމެނޭ ކުންފުންޏެކެވެ.