Last Updated: April 25, 20:50
Thursday, April 25, 2024
ޚަބަރު

40 ޕުލަސްގެ ޓިކެޓް މިއަދު ވިއްކަން ފަށަނީ

ދިވެހި ފިލްމު 40 ޕްލަސްގެ ޓިކެޓް ވިއްކަން މިއަދު ފަށާނެ ކަމަށް މިކަން އިންތިޒާމު ކުރާ ފަރާތުން ބުނެފިއެވެ.

މިމަހު 21، 22 ދެ ދުވަހު އައްޑޫ މަރަދޫ ބޮޑަ ގޭގައި އަޅުވަން ނިންމާފައިވާ މިފިލްމު ގެ ޓިކެޓް ގަންނަން ލިބޭނީ މިއަދު 4ގެ ފަހުން މަރަދޫގެ 1000 ބީސީ އިން ނެވެ.

ޓިކެޓް ބޭނުންވާ ފަރާތް ތަކުން 7955243، އަދި 7845584 ގުޅައިގެން ނަން ނޯޓް ކުރުމުން ފިލްމުގެ ޓިކެޓް ލިބުމުގެ އިންތިޒާމް ހަމަޖެހިފައިވާ އިރު ޓިކެޓެއްގެ އަގަކީ 100ރ އެވެ.

އައްޑޫ ގައި ”ފޯޓީ ޕްލަސް“ އެޅުވުމަށް އިސްވެ ހަރަކާތްތެރިވާ އަބްދުއްﷲ ޒިޔާޢު ( ޒިޢާ) މިއަދު ބުނީ މި ފިލްމު ބެލުމަށް ގިނަ އަދެދެއްގެ ބަޔަކު ނަން ނޯޓް ކުރަމުންދާ ކަމަށާއި ތަރުހީބަށް ބަލާފައި އިތުރު ޝޯ އެއް އެޅުވުމަށް ވިސްނަމުންދާ ކަމަށެވެ.

40 ޕުލަސް މި ފިލްމަކީ ފިލްމީ އޯޑިއަންސް ހެއްވައިލުމަށް އެންމެ ކުޅަދާނަ ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދައި ރިލީޒްކުރި ހެއްވާ މަޖާ އަދި ބިރުވެރި ފިލްމެކެވެ.