Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އަޚްލާޤް ރަނގަޅަސް، ދީންވެރިކަމެއްނެތް މީހުންނަށް ވޯޓު ނުދެއްވާ!: ޝެއިޚް ޒައިދު

ޝެއިޚް އަލީ ޒައިދު - ފޮޓޯ: ދި އިސްލާމް

އަޚްލާޤް ރަނގަޅަސް، ދީންވެރިކަމެއްނެތް މީހުންނަށް ވޯޓު ނުދެއްވުމަށް ދީނީ އިލްމުވެރިޔާ ޝެއިޚް ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އަޚްލާޤް ރަނގަޅު، ދީންވެރި، ޤާބިލް މީހުން މަޖިލީހަށް ހޮއްވެވުމަށް އެދިވަޑައިގެންފައެވެ. އަދި އަޚްލާޤް ރަނގަޅަސް، ދީންވެރިކަމެއްނެތް މީހުންނަށް ވޯޓު ނުދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.

"އަޚްލާޤް ރަނގަޅު، ދީންވެރި، ޤާބިލް މީހުން މަޖިލީހަށް ހޮއްވަވާ! އަޚްލާޤް ރަނގަޅަސް، ދީންވެރިކަމެއްނެތް މީހުންނަށް ވޯޓު ނުދެއްވާ! ފަރުޟު 5 ނަމާދު ކުރޭތޯ ބައްލަވާ! އިސްލާމްދީނަށް ކަމޭހިތާތޯ ބައްލަވާ! އަމާނާތްތެރިތޯ ބައްލަވާ! ވޯޓު ނުވިއްކަވާ! ނޫނީ ފަހުން ރޯން ޖެހިދާނެ!" ޝެއިޚް ޒައިދު ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބު ބޯމަތިވަމުން އަންނައިރު ވޯޓު ގަނެވިއްކުމުގެ ސިލްސިލާ ފެށިގެން އަންނަ ވާހަކަތަކަކީ އާންމު ވާހަކަތަކެވެ. މަޖިލީހަށް ރައްޔިތުން ތަމްސީލު ކުރުމަށް މީހަކު ހޮވުމަކީ ވަރަށް ބަލާފަ ކުރަންޖެހޭނެ ކަމެކެވެ. ޝެއިޚް ވިދާޅުވިފަދައިން އެ ހުރިހާ ކަމަކީވެސް ބަލަންޖެހޭ ކަންތަކެވެ. ޒިންމާ ފުރިހަމައަށް އަދާކުރެވުނު ކަމަށް ބެލެވޭނީ އޭރުންނެވެ.