Last Updated: April 24, 06:35
Wednesday, April 24, 2024
މުނިފޫހިފިލުވުން

"ކަލަންކް"ގެ ފުރަތަމަ ލަވަ ދައްކާލައިފި

އަބީޝޭކް ވަރްމަންގެ "ކަލަންކް"ގެ ކެރެކްޓާތަކުގެ ޕޯސްޓަރުތަކާއި ޓީޒާ މިދިޔަ ހަފްތާގައި ދައްކާލާފައިވާއިރު، އެ ފިލްމަށް ގިނަ ބައެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ. އެގޮތުން މިއަދު ފިލްމްގެ ޕްރޮޑިއުސަރުން ވަނީ ފިލްމްގެ ފުރަތަމަ ލަވަ ކަމުގައިވާ "ގަރް މޯރޭ ޕަރްދޭސިޔާ" ނެރެފައެވެ.

މި ލަވައިގައި އެއް ފްރޭމަކުން އާލިއާ ބަޓް އާއި މާދުރީ ދިކްޝިތު-ނޭނޭ ފެނިގެންދެއެވެ. ޝްރޭޔާ ގޯޝާލް އާއި ވޭޝާލީ މާޑޭ ކިޔައިދީފައިވާ މި ލަވަ ހަދައިދީފައި ވަނީ ޕްރީތަމް އެވެ. އަދި ލަވައިގެ ލިރިކްސް ލިޔެފައި ވަނީ އަމީތާބް ބަޓަރްޗާރްޔާ ކަމުގައިވާއިރު، ލަވައިގެ ޑާންސް ކޮރިއޮގްރާފްކޮށްދީފައި ވަނީ ރެމޯ ޑިސޫޒާ އެވެ.

ކުރިން އަންނަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ރިލީޒްކުރުމަށް ޝެޑިއުލްކޮށްފައި އޮތް މި ފިލްމް މިހާރު ރިލީޒްކުރާނީ އޭޕްރީލް 17 ގައެވެ.

މި ފިލްމަކީ ކަރަން ޖޯހަރްގެ އެންމެ އުންމީދީ އެއް ފިލްމެވެ. މި ފިލްމްގެ ފިރިހެން ލީޑުންގެ ގޮތުގައި ސަންޖޭ ދަތު އާއި ވަރުން ދަވަން އަދި އަދިތުޔަ ރޯއި ކަޕޫރް ފެނިގެންދާއިރު، އަންހެން ލީޑުންގެ ގޮތުގައި ފެނިގެންދާނީ އާލިއާ ބަޓް އާއި ސޮނާކްޝީ ސިންހާ އަދި މާދުރީ ދިކްޝިތު އެވެ.