Last Updated: April 26, 06:14
Friday, April 26, 2024
ޚަބަރު

ވެރިކަން ނިމޭއިރު ގެދޮރު ނެތް މާލޭ މީހަކު ނުހުންނާނެ: ރައީސް

މާލޭގެ ރައްޔިތުންނަށް ގެދޮރު ހޯދައި ދިނުމުގެ ބޮޑު މަޝްރޫއެއް ވަރަށް އަވަހަށް އިއްލާން ކުރައްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ގެދޮރު ނެތް މާލޭ މީހުންނަށް ގެދޮރު ހޯދައި ދިނުމުގެ ބޮޑު މަޝްރޫއެެއް ވަރަށް އަވަހަށް އިއްލާން ކުރައްވާނެކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ރައީސް ނުދެއްވައެވެ.

ރައީސް ވިދާޅުވީ މާލެ އަކީ މީހުން ދިރިއުޅުން އެކަށީގެންވާ ތަނެއް ނޫން ކަމަށާއި، މާލެ ސާފު ތަނަކަށް ހަދަން ޖެހޭ ކަމަށެވެ.

ނައިބް ރައީސް ފައިސަލް ނަސީމް ބައިވެރިވި މި ޖަލްސާގައި ރައީސް ވިދާޅުވީ ވެރިކަން ނިމިގެން ދާއިރު މާލޭގައި ގެދޮރު ނެތް މީހަކު ނުހުންނާނެކަމަށެވެ. އަދި މާލޭގެ ޓްރެފިކް މައްސަލަ ހައްލުކޮށް މާލެ އަކީ ހިތްފަސޭހަ ތަނަކަށް ހެދުމަކީ އެމަނިކުފާންގެ ރިޔާސީ ވައުދެއް ކަމަށެވެ.

ރޭގެ ބައްދަލުވުމުގައި ވެސް ރައީސް ވަނީ ވެރިކަމަށް ވަޑައިގަތުމަށް އެހީތެރިވި އެއްވެސް ޕާޓީއެއް ބާކީ ނުކުރައްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.